ކޮވިޑް-19 އަށް މިއަދު 21 މީހަކު ޕޮޒިޓިވްވެ ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 13،988އަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 17 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 2 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 2،715 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 694 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،238 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައެވެ.