ގއ. ދެއްވަދޫގައި ބަލި ފެތުރުމަށް މެދުވެރިވީ ނަތީޖާ ލިބުމުގެ ކުރިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ރިލީޒްކުރެވުމުންކަމަށް ހެލްތު އެމެރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހެގެ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ޕްރެސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ދެއްވަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ 24 ޑިސެމްބަރުގައި ކަމަށެވެ. އެހެންނަމަވެސް، ރިޒަލްޓް ފުރިހަމައަށް ލިބުމުގެ ކުރިން އެބޭފުޅުންނަށް ނުބައި މައުލޫމާތެއް ފޯރުކޮށްދިނުމާއި ގުޅިގެން ކަރަންޓީނުން ރިލީޒްކުރެވިފައިވާ ކަމަށާއި އަދި އެމީހުން ރަށުގެ އެހެންމީހުންނާ ބައްދަލުކޮށްފައިވާކަމަށެވެ. 

ޕޮޒިޓިވްވެފައިވާކަން އެނގުނު އިރު އެހެން މީހުންނާއި ބައްދަލުކޮށްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭގެ ތެރެއިން 4 މަހުގެ ކުޑަ ކުއްޖެއްވަނީ ޕޮޒިޓިވްވެފައެވެ. އެ ކުއްޖާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް 6 ޖެނުއަރީގައި ޓެސްޓް ކުރެވުނު އިރު އެކަކު ޕޮޒިޓިވްވެފައިވާކަމަށާއި އޭނާގެ ކޮންޓެކްޓްސް ޓެސްޓް ކުރިއިރު، މިއަދު 6 މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ އެނގިފައެވެ.

މި ކޭސްތަކާއި ގުޅިގެން އެ ރަށުގައި އޮންނަ ކޮވިޑް ޓާސްކް ފޯސްއިން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. ދެއްވަދޫގައި ބަލި ފެތުރުމަށް މެދުވެރިވި ސަބަބު ތަހުގީގުކޮށް ބަލާނެކަމުގެ ޔަގީންކަން ޑރ.ނަޒްލާ ވަނީ އަރުވާފައެވެ.

ގއ. ދެއްވަދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވޭތީ އެ ރަށް މިހާރުވަނީ މޮނިޓަރިންގ ހާލަތަށް ލެވިފައެވެ. އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.