ކޮވިޑް-19އަށް 7 މީހަކު ޕޮޒިޓިވްވެ ގއ. ދެއްވަދޫއަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ.ދެއްވަދޫއިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެގޮތުން، އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. 

ގއ. ދެއްވަދޫއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަކަށް ވަނީ އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި 2 އަހަރުގެ ކުއްޖާއާ އެއް ގެއެއްގައި ދިރިއުޅޭ މީހަކު ނުހިމެނޭއިރު، ހައި ރިސްކް އެކަކު ހިމެނެއެވެ. މިކަމާއި ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ނިންމައި މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކައުންސިލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން އެ ރަށުގައި އޮންނަ ކޮވިޑް ޓާސްކް ފޯސްއިން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.