މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ބިއްލޫރި ޕެލެޓްތަކެއް ބަރުކުރަނިކޮށް ޕެލެޓެއް ވެއްޓި 2 މީހަކަށް ޒަހަމްވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:56 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި އެކަކު އައިޖީއެމްއެޗްއަށް ގެންދެވި މިހާރުދަނީ ފަރުވާ ދެވެމުންނެވެ.
މި ހާދިސާގައި އެކަކު ޕެލެޓު ދަށުވެ ތާށިވެފައިވާކަމަށްވެސް ފުލުހުންނާއި އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި، ފަޔަރ އެންޑް ރެސްކިއު އަދި ޕެރެމެޑިކްސް ގުޅިގެން އަންނަނީ ކުރަމުންނެވެ.
(އިތުރު ތަފްސީލް އަންނަނީ)