ދަރުމަވަންތަ ސްކޫލްގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތުގެ އަގަށް އެތައް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. 

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އިމާރާތް ތަޅާލުމުގެ މަސައްކަތް 2016 ވަނަ އަހަރު ބަޔަކާ ހަވާލުކޮށްފައިވަނީ 1،494،600 ރުފިޔާއަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި، އެކަމަށް 2،595،000 ރުފިޔާ ބޭނުންވާނެކަން އެ ފަރާތުން މިނިސްޓްރީއަށް ސިޓީއަކުން އެންގި ކަމަށެވެ. 

އުލަތުގެ މާލިއްޔަތު ގަވައިދުގައި ހަވާލުކުރެވޭ ކޮންޓްރެކްޓްގެ ޖުމްލަ އަގު އެންމެ ބޮޑުވެގެން އިތުރުކޮށްދެވޭނީ އަގުގެ 10 ޕަސަންޓް ކަމަށް ބުނެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު އެދުނު ގޮތަށް އަގު ބޮޑުކޮށްދީފައި ކަމަށް އޮޑިޓްގައި ފާހަގަކުރިއެވެ. 

މިއީ މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓްގައި ބުންޏެވެ. 

އެޑިއުކޭޝަން މިނިސްޓްރީއިން އެކަން ކޮށްފައިވަނީ ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭތީ، އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އިތުރަށް ތަހުގީގު ކުރުމަށް އޮޑިޓްގައި ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.