ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ކުވައިތުގެ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެފައިމިވަނީ ކުވައިތުގައި ޤައުމަށް އަގުހުރި ޚިދުމަތް ކުރާ ފަރާތްތަކަށް ދެވޭ މަތީ ޢިއްޒަތެއްކަމަށްވާ "އޯޑަރ އޮފް ކުވައިތު" (ވިސާމް އަލް-ކުވައިތު) އެ ގައުމުގެ ޚާރިޖީ ވަޒީރަށް އެރުވުމާއި ގުޅިގެންނެވެ. މި ޢިއްޒަތް އެމަނިކުފާނަށް އަރުވާފައިވަނީ ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙްއެވެ.

މި ޢިއްޒަތްއެރުވުމާއި ގުޅިގެން ފޮނުއްވެވި މަރުހަބާގެ މެސެޖުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަޤްވާމީ ޑިޕްލޮމެސީއާއި ކުވައިތަށް އަދި ދާދި ފަހުން ބޭއްވި ގަލްފް ޤައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަށް ޙައްޤު ޝަރަފެއްކަމަށެވެ.

ކުވައިތުގެ 37 ވަނަ ކެބިނެޓަށް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަނެއްކާވެސް އައްޔަންކުރެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުވެސް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.