މިފްކޯއިން ވިއްކަމުންދާ ފަސްމީރު ވަޅޯ މަހުގެ އަގު އެ ކުންފުނިން ހެޔޮ ކޮށްފިއެވެ. 

މިފްކޯއިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، ވަޅޯ މަހުގެ އަގު މިހާރު ކޮންމެ ކިލޯއަކުންވެސް 15 ރުފިޔާ ހެޔޮ ވާނެއެވެ. އެގޮތުން، ކުރިން 120 ރުފިޔާއަށް ކިލޯއެއް ވިއްކި ނަމަވެސް، މިހާރު ވަޅޯމަސް ކިލޯއެއް ވިއްކާނީ 105 ރުފިޔާއަށެވެ. 

ފަސްމީރު ވަޅޯ މަހުގެ އަގު މިފްކޯއިން ހެޔޮ ކޮށްފައިވާއިރު، ދާދިފަހުންވަނީ ފަސްމީރު މަސްދަޅުގެ އަގުވެސް ހެޔޮ ކޮށްފައެވެ. އެގޮތުން، ކުރިން ތެޔޮ މަސްދަޅު ކޭހެއް މިފްކޯއިން ވިއްކަމުން ގޮސްފައިވަނީ 640 ރުފިޔާއަށެވެ. މިހާރު ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާއަށް ވިއްކާއިރު، ކުރިން 13.50އަށް ވަކިން ވިއްކާ ތެޔޮ މަސްދަޅު މިހާރު ވިއްކާނީ 12.25އަށެވެ. 

މީގެއިތުރުންވެސްް، ކުރިން ފެން މަސްދަޅު ކޭހެއް 595 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ފެން މަސްދަޅު ކޭހެއް މިފްކޯއިން ވިއްކަނީ 530 ރުފިޔާއަށެވެ. މިއާއެކު ކުރިން 12.50 އަށް ވަކިން ވިއްކާ ފެން މަސްދަޅު މިހާރު ލިބޭނީ 11.25 އަށެވެ. 

މިފްކޯއިން ފަސްމީރު ބްރޭންޑްގެ އެކި ބާވަތްތަކުގެ އަގު ހެޔޮ ކޮށްފައިމިވަނީ މަސް ގަންނަ އަގަށް އެ ކުންފުނިން ގެނައި ބަދަލާއެކުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.