ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ރިޒްވީ ހަމަޖައްސައިފިއެވެ. 

ރިޒްވީ ކުރިން ހުންނެވީ ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަންގެ މައި ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ރީޖަނަލް އެއަރޕޯޓްސްގެ އެމްޑީގެ މަގާމާގައި ރިޒްވީ ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިއަދުއެވެ. 

ރިޒްވީ ކުރިން ހުންނެވި އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމަށް ވަނީ މުހައްމަދު މިހާދު އައްޔަނުކޮށްފައެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި މިހާދު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާދު ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެމްޑީ އަދި ސީއީއޯގެ މަގާމު ވެސް ފުރުއްވާފައެވެ.

ރީޖަނަލް އެއަަރޕޯޓްސް ކުންފުނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އެއަރޕޯޓެއް ތަރައްގީކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް އެކި ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން ތަރައްގީކުރި އެންމެ ފުރަތަމަ އެއަރޕޯޓް ކަމަށްވާ ހއ. ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.