ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް 107 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5،156 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފެނުނު ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލް:
  • ގްރޭޓާ މާލެ ސަރަހައްދުން - 30 ކޭސް
  • އަތޮޅުތެރެއިން - 56 ކޭސް
  • ރިޒޯޓުތަކުން - 14 ކޭސް
  • ތަރައްގީ ކުރެވެމުން އަންނަ ރަށްތަކުން - 6 ކޭސް
  • ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރެވެމުން އަންނަ ރަށްތަކުން - 1 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 2،595 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 13 އަށް ދައްވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 77،309 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 74،429 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 221 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ފާއިތުވި ދިޔަ ދުވަސްތަކުގެ ތެރޭގައި މަޑުމަޑުން ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އައުމަށްފަހު، ފާއިތުވި 2 މަސް ދުވަހު ހިންގަމުން ދިޔަ ކާރފިއުވެސް ވަނީ އުވާލާފައެވެ. އަދި ދުވަސްތަކަކަށްފަހު ކެފޭ ރެސްޓޯރެންޓުތަކުގައި އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށް ހުޅުވާލާފައިވާއިރު، ވިޔަފާރިތަކަށްވެސް އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.