ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެއްސިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ތަކަންދޫ ކައުންސިލަށް އަންގާފައިވާ އެންގުމުގައި ވާގޮތުން، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ ފްލޫ ކްލިނިކަށް ދައްކަން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކޮމިޔުނިޓީ ސްޕްރެޑެއް އޮތްތޯ ބަލާ ޔަގީންކުރުމަށާއި އެއީ އައިސޮލޭޓެޑް ކޭހެއްތޯ ކަށަވަރު ކުރުމަށް ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށް ގެންދަމުން އަންނަ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ދަނޑިވަޅުގައި އެއްވެސް މީހަކަށް އެޗްޕީއޭގެ ހުއްދައަކާ ނުލާ އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ހއ. ތަކަންދޫއާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި ރާއްޖޭގައި އޮތީ 11 ރަށެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.