ވީނުވީއެއް ނޭނގި މާލެއިން ގެއްލިގެން ހޯދަމުން އަންނަ 26 އަހަރުގެ އަހުމަދު ނައުފަލް -- ފޮޓޯ:

މާލެ ސިޓީގައި ދިރިއުޅޭމުންދިޔަ ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުން ކުރަމުން އަންނަ ކަމަށް އެ މުައައްސަސާއިން ބުނެފިއެވެ.

ފުލުހުން ބުނީ، މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި، ގެއްލިގެން ހޯދަމުންދަނީ  އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) ކަމަށެވެ.

މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ނައުފަލް އޭނާގެ އާއިލާއަށް އެއްވެސް ހަބަރެއްނުވާއިރު، ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުންފުލުހުންނަށް ރިޕޯޓުކުރުމާއެކު، ނައުފަލް  ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށްވެސް

ނައުފަލްގެ ހަބަރެއް އެންމެ ފަހުން ވީއިރު، އޭނާ އުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއެވެ.

ވީމާ، އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ  ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696  އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން އެފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.