އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރަސްމީ ޓްވިޓަރ އެކައުންޓް އަދި ފޭސްބުކް ޕޭޖް ވަގުތީގޮތުން ލޮކްކޮށްފިއެވެ. 

ޓްވިޓަރއިން ވަނީ 12 ގަޑިއިރަށް ބޭނުންނުކުރެވޭ ގޮތަށް ޓްރަމްޕްގެ އެކައުންޓް ލޮކްކޮށްފައެވެ. އަދި ޓްވިޓަރއިން ވަނީ ދާއިމީ ގޮތެއްގައި ޓްރަމްޕަށް ޓްވިޓަރ ބޭނުންނުކުރެވޭ ގޮތް ހަދަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައެވެ. ފޭސްބުކްއިން ވެސް ވަނީ 24 ގަޑިއިރަށް ޓްރަމްޕްގެ ޕޭޖް ލޮކްކޮށްފައެވެ. ހަމައެހެންމެ ފޭސްބުކްގެ އިންސްޓަގްރަމް ވެސް ޓްރަމްޕަށް 24 ގަޑިއިރު ވަންދެން ބޭނުންނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. 

ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ލޮކްކޮށްފައިވަނީ އެމަނިކުފާނު ކުރެއްވި ތިން ޓްވީޓަކާއި ގުޅިގެންނެވެ. މި ތިން ޓްވީޓް ޑިލީޓް ކުރުމަށް ޓްވިޓަރއިން އަންގާފައިވާއިރު އެ ޓްވީޓްތައް ޑިލީޓް ނުކޮށްފިނަމަ ޓްރަމްޕަށް ޓްވިޓަރ ބޭނުންނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. 

ފޭސްބުކްއިން ޓްރަމްޕްގެ ޕޭޖް ސަސްޕެންޑްކުރީ އޭނާގެ ޕޭޖުން އޭނާގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގ ކައިރީގައި ކުރަމުންދާ މުޒާހަރާތަކުގެ ވީޑިއޯތަކެއް އާއްމުކުރުމާއި ގުޅިގެންނެވެ. ފޭސްބުކްއިން ވަނީ މި ވީޑިއޯތައް މިހާރު ޑިލީޓްކޮށްފައެވެ. 

ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ވޮޝިންޓަންގެ ފުލުހުންނާއި ކުރިމަތިލައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ގަދަކަމުން ވަދެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.