އިންޑިއާގެ އެއާލައިންއެއްކަމަށްވާ އިންޑިގޯގެ ފްލައިޓެއްގައި އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --

ރާއްޖެއަށް 6 ލައްކަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600,252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް މި އަހަރު އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާ ފަތުރުވެރިން ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދި ތިންވަނައަށް ޖަރުމަނުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައަށް އެންމެ ގިނައިން އައިސްފައިވަނީ ޔޫކްރޭންގެ ފަތުރުވެރިންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު މުޅި ޖުމްލަ ޒިޔާރާތްކުރީ 89,703 ފަތުރުވެރިން ނެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްގޮތެއްގައި 3,204 ފަތުރުވެރިން މި މަހު ޒިޔާރާތްކުރިއިރު ރާއްޖޭގައި މަޑުކޮށްފައިވަނީ 8.9 ދުވަހަށެވެ.

ރާއްޖެއަށް ޖެނުއަރީ އަދި ފެބްރުއަރީގައި ލައްކައަކާ ގާތްކުރާ ވަރަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހު ވަނީ ލައްކަ އަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެޕްރިލް މަހުވެސް ލައްކައަކާ ގާތްކުރާ ވަރަށް ފަތުރުވެރިން ޒިޔާރަތް ކުރިއިރު، މި އަދަދު ވަނީ މެއި މަހު ކޮވިޑާ ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތަކާއެކު ދަށަށް ގޮސްފައެވެ.

މިއާއެކު، ޖޫން މަހު މި އަދަދު ވަނީ މެއި މަހަށްވުރެ ދަށްވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ލުއި ދީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އާދެވޭ ގޮތް ހަމަޖެއްސުމުން އެ އަދަދު ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް 2020 ވަނަ އަހަރު ޖުމްލަ 555،494 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، 2019 ވަނަ އަހަރު ވަނީ ޖުމްލަ 1،702،887 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މި މިއަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރުމަކީ ސަރުކާރުގެ ޓާގެޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.