ޖަނަވަރީ މަހުގެ 7 އިން 10 އަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ނޮދަން އޭރިއާ ކޮމާންޑްގައި ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ޑިފެެންސް މިނިސްޓްރީން ބުނީ ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި ބައެއް ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެކަމަށެވެ. އަދި މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ވެސް ވަނީ ހަމަޖެހިފައިވާކަމަށެވެ.
އެހެންކަމުން އެކަން އާންމު ރައްޔިތުންގެ ސަމާލުކަމަށް، އިއުލާންކުރާކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާންގައިވެއެވެ.
އެމްއެންޑީއެެފްގެ ގާބިލްކަން އިތުރުކުރުމަށް ޑިފެންސް މިނިސްޓްރީން އަންނަނީ ގިނަ ތަމްރީންތަކެއް ކުރިއަށްގެންދަމުންނެވެ. އަދި އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި ގުޅިގެންވެސް ގިނަ ތަމްރީންތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.