ހއ. އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ(މުހަންމާ) އަނެއްކާވެސް ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
މުހައްމާ ޕީޕީއެމްއާއި ގުޅިވަޑައިގަތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާ ވަނީ ކުރިން އެ ޕާޓީ ދޫކޮށް، އެހެން ޕާޓީއަކާއި ގުޅުމުން ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް ދެވުނީތީ ހިތާމަކުރައްވާކަމަށެވެ.
ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ މަގްސަދުގައި ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި މުހައްމާއާއެކު އެޕާޓީގެ ކުރީގެ ބައެއް މެމްބަރުންނާއި، އާައްމު މެމްބަރުން ވެސް ވަނީ ޕީޕީއެމްއާ ގުޅިފައެވެ.
މުހައްމާ އިހަވަންދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައެވެ. ނަމަވެސް ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު، އޭނާ އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.