ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު ރ.ދުވާފަރުން މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން ބުނީ، ރ.ދުވާފަރު ހެލްތު ސެންޓަރުގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މިރޭ 19:30 ހާއިރު ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށާއި، އޭނާގެ އުމުރަކީ 52 އަހަރު ކަމަށެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން ގިނައިން މަރުވާ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވާއިރު، މިއީ މިހާތަނަށް މި ބަލި ޖެހިގެން ރާއްޖެއިން މަރުވި 221 ވަނަ މީހާއެވެ.

ކޮވިޑް ބަލީގެ ހާލަތު ރ.ދުވާފަރުގައި ގޯސްވެ ފާއިތުވި ދުވަސްތަކުގައި 4 މީހަކު މިވަނީ ކޮވިޑް ބަލީގައި އެ ރަށުން މަރުވެފައެވެ. މިދިޔަ އަންގާރަ ދުވަހުވެސް ރ. ދުވާފަރުން ވަނީ ކޮވިޑް ބަލީގައި 66 އަހަރުގެ ފިރިހެނަކު މަރުވެފައެވެ.

ރާއްޖެއިން ކޮވިޑުގެ ހާލަތު މިދިޔަ މެއި މަހު ގޯސްވެފައިވާއިރު، އޭރު ބަލީގައި މަރުވަމުންދިޔަ މީހުންވެސް ކަންބޮޑުވާ ދަރަޖައަށް އިތުރުވި އެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރިންނާ ގުޅިގެން ސަރުކާރުން ކުރިބުރަ މަސައްކަތުން، ރައްކާތެރި ކަމަށް އެޅިގެންދާ ފިޔަވަޅުތަކާއެކު، ރާއްޖެއިން ވަނީ ކޮވިޑުގައި މަރުވާ މީހުންގެ އަަދަދުތައްވެސް ވަރަށް ބޮޑަށް ދަށް ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.