ކޮވިޑް19 ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަވެއްޖެއެވެ.
މުޖުތާޒަށް ކޮވިޑް ބަލި ޖެހިވަޑައިގަތްކަން އެނގުނީ ލ. ގަމުގައި ހުންނަވަނިކޮށެވެ. އެމަޖަންސީގައި މުޖުތާޒް މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އަވަހާރަވީ މިރޭ ފަތިހު 2:00 ހާއިރުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މުޖުތާޒް ކުރެއްވީ 18 ސެޕްޓެމްބަރު 2008 އިން ފެށިގެން 10 އޯގަސްޓް 2010 އާ ހަމައަށެވެ. މީގެ އިތުރުން އިންތިގާލީ މަރުހަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަން ވެސް އޭނާ ކުރެއްވެވިއެވެ.