ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ޓާރމިނަލް މާސްޓަރ ޕްލޭން ހަދާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީއޯއައި) ހުށަހެޅުމަށް އެދިފައެވެ. އެގޮތުން، އީއޯއައި އާއެކު ކަވަރ ލެޓަރ، އީއޯއައި ސްބްމިޝަން ފޯރމް، ބިޑް ކުރާ ފަރާތުގެ މައުލޫމާތު، ކޮމްޕެނީގެ ޕްރޮފައިލް، ޝެއާހޯލްޑަރުންގެ މައުލޫމާތު، ރެފަރެންސް ލެޓަރ އަދި ޓީމް އެކްސްޕީރިއަންސް އަންގައިދޭނެ ލިޔެކިޔުން ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ އެދިފައެވެ.

މީގެއިތުރުންވެސް، ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޓާރމްސް އޮފް ރެފަރެންސް، ބިޑް ކުރާ ފަރާތްތަކަށް މައުލޫމާތު، ކަވަރ ލެޓަރ އަދި ޕްރޮޕޯސަލް ސަބްމިޝަން ފޯރމް ހުންނަންވާނެ ގޮތުގެ ސާމްޕަލް އެސްޓީއޯއިން ހިއްސާކޮށްފައިވެއެވެ.

އިތުރަށް އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި، ޝައުގުވެރިވެލައްވާ ފަރާތްތަކުން ތެޔޮ ޓާރމިނަލް އަޅާ ސަރަހައްދަށް ޒިޔާރަތްކޮށް ދިރާސާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހޭނީ ޝައުގުވެރިވެލައްވާ ފަރާތްތަކުން އަމިއްލައަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 04:00އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *