ކޮޅުފުށި

އަލާމާތްތައް ފެނުނު ބަޔަކު ޕޮޒިޓިވްވެ، މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

ކޮޅުފުށި ކައުންސިލް ރައީސް އަބްދުﷲ އަލީ މައުލޫމާތު ދެއްވި ގޮތުގައި، ރަށް މޮނިޓަރިން އަށް ލާފައި ވަނީ، ބަލީގެ އަލާމާތްތައް ފެނުނު ބައެއްގެ ސާމްޕަލް ނަގާ، ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެގެންނެވެ. އަދި އެމީހުންނާ ކޮންޓެކްޓްވެފައިވާ ގިނަ ބަޔަކު އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސް މައުލޫމާތު ދެއްވި ގޮތުގައި، ރަށުގެ މުހިންމު ހިދުމަތްތައް ދޭ ފަރާތަތްކުގެ ތެރެއިން ކައުންސިލްގެ ދެ މުވައްޒަފަކު ވަނީ ކަރަންޓީނަށް ލާފައެވެ. އަދި ސިއްހީ މަރުކަޒުގެ އެއްވެސް ބަޔަކު ކަރަންޓީން ކޮށްފައިވާކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮޅުފުށި މޮނިޓަރިންއަށް ލާފައިވާއިރު އެރަށުގެ ސިއްހީ މަރުކަޒުގައި 4 ނަރުހުންނާއި ޑޮކްޓަރަކު ހުރެއެވެ.

ކޮޅުފުށީގެ އިތުރުން 10 ރަށެއް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.