މިއަހަރުގެ މެއި ޖޫން މަހު ވެސް އޭ ލެވެލް އަދި އޯ ލެވެލް އިމްތިހާނު ކުރިޔަށްދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީއިން ވަނީ 2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ކަމަށް ބުނެފައެވެ.
އެ މިނިސްޓްރީއިން މިގޮތަށް ހާމަކޮށްފައިވާއިރު ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މީގެ ސަބަބުން ދިމާވި ދަތިތަކާއި ގުޅިގެން 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމް މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 އަށެވެ.