މޭލޭގެ ދެކުނު ފަރާތް - މާލޭގައި މަސްކަނޑާ ތަން އަލަށް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު - ފޮޓޯ: އަވަސް

މާލޭގެ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ،

މާލޭގެ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ތަރައްގީކުރުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކުރުމަށް އިއުލާންކޮށްފައިވަނީ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ބިލަން ހުށައަޅަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލޭގައި މަސް ކެނޑުމަށް ހާއްސަކުރެވިގެން މިވަގުތު އިންނަނީ އެންމެ މަސް މާރުކޭޓެކެވެ. މީގެ ސަބަބުން މަހުން އަންނަ ފަރާތްތަކަށް މަސް ނުކެނޑި ގިނަ ވަގުތުތަކެއް ގެއްލިގެން ދެއެވެ. އަދި ބައެއް ފަރާތްތަކުން މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ޒޯނުގެ ތޮށިގަނޑު މަތީގައިވެސް މަސް ކަނޑަމުން އަންނަކަން ފާހަގަކުރެވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.