އައްޑޫ ސިޓީގައި އެއް މެގަވޯޓުގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫގައި މި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ އިންނެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް އައްޑޫގައި ގާއިމް ކުރެވިފައިހުރި 1.6 މެގަވޯޓުގެ ޕަވަރ ޔޫޓިލިޓޫ ސްކޭލާ ސޯލަރ ޕަވަރ ސިސްޓަމްގެ އިތުރަށް އަލަށް ގާއިމްކުރާ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ. އަދި އަލަށް ގާއިމްކުރާ ސިސްޓަމް އައްޑޫގައި މިހާރުވެސް ހުރި ސޯލާ ޕަވާ ސިސްޓަމާ ގުޅާލުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީއިން ހާމަކުރެއެވެ.

ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްގެ އިތުރުން އެނާޖީ މެނޭޖްމެންޓް ސިސްޓަމެއްވެސް އައްޑޫގައި ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މި 2 ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރެވެމުން އަންނަ އިރު، އައްޑޫގެ ކަރަންޓު ގްރިޑަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.