ވިލިމާލޭގައި ލޯކަލް މާރުކޭޓެއް އަދި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކޮށްދޭނެ ފަރާތްތައް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ތަރައްގީކުރުމަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަމިއްލަ ތަކެތީގައި ކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި ޒަމާނީ ފެންވަރުގެ ތަކެއްޗާއެކު ޕާކެއް ވެސް ތަރައްގީކުރަން ހުޅުވާލާފައިވަނީ އަމިއްލަ ތަކެތީގައި އެ މަސައްކަތްކުރެވޭ ފަރާތްތަކަށެވެ.

މާރުކޭޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަނެއް މާލެ ސިޓީ ކައިުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުގައި އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ހެންދުނު 11:00 ޖަހާއިރު ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕާކް ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަނެއް މާލެ ސިޓީ ކައިުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުގައި އޮގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ހެންދުނު 10:00 ޖަހާއިރު ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންތަކަށް ހާޒިރުވާއިރު ހުރިހާ ފަރާތްތަކަކުންވެސް އައިޑީ ކާޑު ގެނެއުމަށް ސިޓި ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެއެވެ. އަދި މިސެޝަނުގައި މި ޕްރޮޖެކްޓްތަކާއި ބެހޭ މައުލޫމާތު ކަރުދާސްތަކެއް ހަވާލު ކުރެވިގެން ދާނެކަމަށްވެސް އެފަރާތުން ބުނެއެވެ.

އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ހުރި ނަމަ މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ދުވަސްތަކުގައި އަގު ހުށައަޅާ މައުލޫމާތު ސާފުކުރެވެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ލޯކަލް މާރުކޭޓުގެ މަސައްކަތަށް އަގު ހުށައެޅުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ހެންދުނު 10:00 އާ ހަމައަށެވެ. ޕާކު ތަރައްގީ ކުރުމުގެ ހުށަހެޅުންތައް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހެންދުނު 11:00 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މައުލޫމާތު ސާފުކުރުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބީލަން ހުށައެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގްނަނާނެ ކަމާށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.