އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާ ގޮތުގައި އަތޮޅު ދުވުމުގައި ގިނަ ބަޔަކު ބައިވެރިވުމަށް އެދެމުން އައުމުގެ ސަބަބުން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ އިރުއޮއްސި 18:00 ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އުރީދޫއިން ހާމަކޮށްފައިވާ ގޮތުގައި އަތޮޅު ދުވުމުގެ ދަށުން 5 ކިލޯ މީޓަރު ދުވުމުގެ އިތުރުން 10 ކިލޯ މީޓަރުގެ ދުވުމުގައި ދުވުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނޭއެވެ. އަދި 15 ކިލޯމީޓަރު ދުވަން ބޭނުންވާ ފަރާތްތަކުން 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ރެޖިސްޓްރީކޮށް 15 ކިލޯމީޓަރު ދުވެވޭނެ ކަމަށެވެ.

މި ދުވުމުގައި ބައިވެރިވުމަށް 5 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ހުޅުވާލާފައިވާއިރު އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް މި ދުވުން ފުރިހަމަ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

2020 ވަނަ އަހަރު އަލަށް ތައާރްފްކުރި މި ދުވުމުގައި ބައިވެރިވާން ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފާމޭޝަން މެސެޖެއް ލިބޭނެއެވެ. އަދި ރެޖިސްޓާކުރާ ދުވުންތެރިންގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކް ކުރެވޭނެއެވެ.

ދުވުން ފުރިހަމަ ކުރުމަށްފަހު ދުވި ރޫޓްގެ ސްކްރީންޝޮޓް، ކޮންފާމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ވެސް ދުވުންތެރިންނަށް ލިބޭނެއެވެ. ހަމައެއާއެކު ފިޒިކަލް މެޑަލް ބޭނުންވާނަމަ، ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މެޑަލް ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.