ކ. މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސް ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފިއެވެ. 

ޖަލު ފާޅަލައިގެން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ނަމަވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ އެކަން ދޮގުކުރައްވާފައެވެ. 

އެގޮތުން އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖަލުން އެއްވެސް ގައިދީއަކު ފިލާފައި ނުވާކަން ކަށަވަރުކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ފުލުހުން ވެސް ވަނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާއި ގުޅިގެން ޕްރިޒަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.