ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ 14 ވަނަ ދުވަހަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗަކުން ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެެކެވެ.
އެ ހުކުމާ ހިތްހަމަނުޖެހި، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިއެވެ. މި އަހަރުގެ ތެރޭގައި އަޑުއެހުންތައް ކުރިއަށް ގޮސް، ކޮވިޑާ ގުޅިގެން ހުކުމް ކުރުން އޮތީ ފަސްވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ މަނީ ލޯންޑްރިންގެ އާ ދައުވާއެއް ވެސް އުފުލާފައެވެ. އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.