ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ފަށައިފިއެވެ. 

މިއަދު މަސައްކަތް ފެށުމަށް ތ.ވޭމަންޑޫގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި އެމް.ޑަބްލިއު.އެސް.ސީގެ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. އެގޮތުން އެ ކުންފުނީގެ ޗެއަރމަން އަހްމަދު މައުސޫމް، އެމްޑީ ހަސަން ޝާހު، އަދި މެނޭޖްމެންޓް ޓީމްގެ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރަސްޓްރަކްޗަރ އިން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ ހޮޅި ވަޅުނުލާ ހުރި ސަރަޙައްދުތަކުގައި ހޮޅި ވަޅުލުމާއި، ޕަމްޕް ސްޓޭޝަނާއި ފިނިޝިންގ މަސައްކަތްތަކާއި، ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއި ސީއައުޓްފޯލްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އާއި، އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 17.1މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.