ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިއުލް ސްޓޭޝަން އަޅާނެ ފަރާތެއް ހޯދަން ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދެވަނަ ފިޔަވަހީގައި އެޅުމަށް ނިންމާފައިވަނީ ދެ ފިއުލް ސްޓޭޝަނެކެވެ. މި ދެ ފިއުލް ސްޓޭޝަން އެޅުމަށް ހާއްސަ ކުރެވިފައިވަނީ 7،327 އަކަ ފޫޓުގެ ސަރަހައްދަކާއި 10،179 އަކަ ފޫޓުގެ ސަރަހައްދެކެވެ.

މި ފިއުލް ސްޓޭޝަންތައް އަޅައި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 11 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ. ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރި-ޕްރޮޕޯސަލް މީޓިންގ މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން މިހާރު ފަށާފައިވާއިރު، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް އެޗްޑީސީއިން އަންނަނީ މަސައްކަތްކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.