މާބަނޑު މީހަކު ގަޔަށް ވެކްސިން ޖަހަނީ

ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިތިބި މާބަނޑު މީހުންނަށް، ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް ޓީމް) ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި މާބަނޑު މީހުންނަށް ޖަހަމުން ދަނީ ފައިޒާ ވެކްސިން ކަމަށެވެ. ނަމަވެސް ކޮވިޝިލްޑްފަދަ ވެކްސިނެއްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، ދެވަނަ ޑޯޒް ނުޖަހަނީސް މާބަނޑު ވެފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިންވެސް ޖެހޭނެ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޓެގް ޓީމުން މިގޮތަށް ނިންމާފައިވީ ނަމަވެސް، މިވަގުތު ރާއްޖޭގައި ފައިޒާ ވެކްސިން އެއްވެސް ވަރަކަށް ނެތް ކަމަށެވެ. އަދި ފައިޒާ ވެކްސިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ 2 ވެކްސިނެކެވެ. އެއީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި، ޗައިނާގެ ސިނޮފާރމް ވެކްސިނެވެ. މީގެ އިތުރުންވެސް، ބައެއް ފަރާތްތަކަށް ފައިޒާ ވެކްސިންވެސް ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ. ފައިޒާ ވެކްސިން ޖަހަނީ މާބަނޑު މީހުންނަށާއި، ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ ފަރާތްތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *