ދުނިޔެ
ފަލަސްތީނުގެ ހައްގުގައި މުސްލިމުން ހިންގި ކެމްޕޭނާއެކު ސްޓާބަކްސްއަށް 11 ބިލިއަން ޑޮލަރު ގެއްލުން

އެެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓާބަކްސްއާ ދެކޮޅަށް މުސްލިމުން ހިންގި ކެމްޕޭނާއެކު އެ ކުންފުންޏަށް ބިލިއަނުން ގެއްލުން ވެއްޖެއެވެ.

ސްޓާބަކްސް ފައިނޭންޝަލް ރެކޯޑުތަކުން ދައްކާ ގޮތުގައި، އެ ކުންފުނީގެ އަގު 11 ބިލިއަން ޑޮލަރުން ވަނީ ވެއްޓިގައެވެ. އެއީ މާކެޓުގައި 9.4 ޕަސެންޓްގެ ވެއްޓުމެކެވެ.

ސްޓާބަކްސްގެ އަގު އެހާ ބޮޑުތަނުން ވެއްޓުމުގެ ފަހަތުގައި ވަނީ ފަލަސްތީނުގައި ދެމުންދާ ލާ އިންސާނީ އަނިޔާތަކުގެ ހައްގުގައި މުސްލިމުން ހިންގި ބޮއިކޮޓް ކެމްޕޭނެވެ. އެމެރިކާއިން އިސްރާއީލްގެ އަނިޔާވެރި ޔަހޫދީންނަށް ފަންޑު ކުރާތީ ބައެއް ކުންފުނިތައް ބޮއިކޮޓް ކުރަން މުސްލިމުން ދަނީ ހާއްސަ ކެމްޕޭނުތަކެއް ހިންގަމުންނެވެ.

ސްޓާބަކްސްގެ ވޯކާސް ޔުނައިޓެޑް ހާއްސަ މަސައްކަތްތެރިންތަކެއް ފަލަސްތީނާ އެއްކޮޅަށް ތެދުވެ، ސްޓާބަކްސް ބޮއިކޮޓް ކުރަން ގޮވާލުމާއެކު އެ ކެމްޕޭނު ވަނީ މުޅި ދުނިޔެއަށް ފުޅާވެފައެވެ.

އިސްރާއީލްގެ އަނިޔާވެރިން ފަލަސްތީނުގެ ގައްޒާއަށް ނިރުބަވެރި އެތައް ހަމަލާއެއް ދެމުންދާ އިރު، 17000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top