ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރަށް ކާރެއް އަރައި އެކްސިޑެންޓް ވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި، މަޖިލިސް ބިލްޑިންގ އަށް އަރާފައިވަނީ ޓެކްސީއެކެވެ. 

ފުލުހުން ބުނީ ހަކުރާ ގޯޅިން ދިއްވާފަދިޔަ ޓެކްސީއެއް ކޮންޓްރޯލްނުވެ ގޮސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާރެއްގައިޖެހި އެކްސިޑެންޓްވެފައިވާކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 12:15 ހާއިރުކަމަށް ފުލުހުން ބުންޏެވެ. 

މި އެކްސިޑެންޓުގައި ޓެކްސީ ދުއްވަން އިން މީހާއަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ޓެކްސީއަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އެގޮތުން، ކާރުގެ ކުރީ ފަރާތް އެއްކޮށް ހަލާކުވެފައިވެއެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.