ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް 105 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5،424 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ފެނުނު ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލް:
  • ގްރޭޓާ މާލެ ސަރަހައްދުން - 22 ކޭސް
  • އަތޮޅުތެރެއިން - 68 ކޭސް
  • ރިޒޯޓުތަކުން - 15 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 2،611 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 16 އަށް އިތުރުވެފައެވެ.

މިއަދާ ހަމަޔަށް އެޗްޕީސއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 76،953 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 74،110 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 220 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ފާއިތުވި ދިޔަ ދުވަސްތަކުގެ ތެރޭގައި މަޑުމަޑުން ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އައުމަށްފަހު، ފާއިތުވި 2 މަސް ދުވަހު ހިންގަމުން ދިޔަ ކާރފިއުވެސް  ވަނީ އުވާލާފައެވެ. އަދި ދުވަސްތަކަކަށްފަހު ކެފޭ ރެސްޓޯރެންޓުތަކުގައި އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށް ހުޅުވާލާފައިވާއިރު، ވިޔަފާރިތަކަށްވެސް އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.