ކުރިންވެސް އިއުލާންކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން 10 ޖެނުއަރީ 2021ގައި ދިރާސީ އަހަރު ފެށިގެންދާއިރު، ބޭބީ ނާރސަރީއާ ނާރސަރީ ކުދިންގެ ކިޔެވުންވެސް ފެށިގެންދާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މީގެ ސަބަބުން ދިމާވި ދަތިތަކާއި ގުޅިގެން 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމް މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 އަށެވެ. 

މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، ދެވަނަ ޓާރމް 10 ޖެނުއަރީ 2021ގައި ފެށޭއިރު، ބޭބީ ނާރސަރީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެއެވެ. 

އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ނިންމާފައިވާއިރު، މިއީ އެޗްޕީއޭއާ ކަމާގުޅޭ އެހެން އިދާރާތަކުގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާ ނިންމެވުމެކެވެ. އަދި މިއީ ބެލެނިވެރިންވެސް އެންމެ ބޭނުންވާގޮތް ކަމަށް މިނިސްޓްރީއިން ވަނީ ކުރިން ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.