އަލީ އަޝްފާގު ދަގަނޑޭ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނިކޮށް - ފޮޓޯ: ސިޑިބަރި

އަންނަ އޯގަސްޓު މަހު ރާއްޖޭގައި ކުޅެން ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއު ދިމާކޮށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކްލަބް އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އީގަލްސްގެ ފަރިތަކުރުންތަކުގައި މިއަދު ދަގަނޑޭ ބައިވެރިވާން ފެށިއިރު އެ ޓީމުން އަންނަނީ ޕްލޭއޮފާއި ދިމާކޮށް ޓީމުވަރުގަދަ ކުރަމުންނެވެ. އެގޮތުން ތަޖުރިބާކާރު ދެ މިޑްފިލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ. މީގެ އިތުރުން ހުނަރުވެރި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް އީގަލްސްއިން ޓީމު ވަރުގަދަ ކުރަން ފަށާފައިވާއިރު، ޕްލޭއޮފް ކުޅޭނީ އަންނަ މަހުގެ  15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހުގެ 18 ވަނަ ދުވަހު ފަށާނެއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝަންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބިގެންދާނީ ޕްލޭ އޮފްގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.