މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ސިނޮފާމް ވެކްސިން ޖަހަން ފަށާނެއެވެ.

އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ގޮތުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާދަމައިން ފެށިގެން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ކުރިއަށް ދާނެއެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، 3 ހަފްތާ ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

ސެނެހިޔާގައި ސިނޮފާމް ވެކްސިން ޖެހުން ކުރިއަށް ދާނީ މާދަމާ ހެނދުނު 9:00 އިން ހެނދުނު 11:00 އަށެވެ.

ސިނޮފަމް ވެކްސިންގެ ދެވަނަ ޑޯޒް، އާންމުކޮށް ހުޅުވާލައިގެން ޖަހަން ނިންމާފައި މިވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހުއެވެ. މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖެހުން މެދުކަނޑާލީ އީދު ބަންދާ ދިމާކޮށެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. މީގެ އިތުރުން ވެސް، ބައެއް ފަރާތްތަކަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައީސް ސޯލިހު، އިއްޔެ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ  މިހާރު ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގައި މިކަމަށްޓަކައި ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.