ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ދަތުރުފުޅު ކުރެއްވިއެވެ. 

ދުބާއީގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ރާްއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. މިއީ ރައީސް، މި އަހަރު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ކޮވިޑާއެކު ބޯޑަރު ބަންދު ކުރި ފަހުން ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސްމެއެވެ. 

މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ނަމަވެސް ޔޫއޭއީގެ ވަލީއަހުދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ރައީސް ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރެވުނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.