ދިވެހިރާއްޖޭގެ މަޝްހޫރު ބޭންޑް އެކުއެޓިކް ވައިބް އިން ނޮވެލް ގްރިލް އެންޑް ރެސްޓޯރެންޓްގައި ލައިވް މިއުޒިކް ދިނުމަށް ހަމަޖެހިއްޖެއެވެ. 

ދިވެހި ފަންނާނުންގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ނޮވެލްގައި، އެކުއެޓިކް ވައިބް އިން ލައިވް މިއުޒިކް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 8ވާ ހުކުރު ދުވަހުގެ ރޭގައެވެ. މި ޝޯގައި އެ ބޭންޑްގެ ފަސް މެންބަރުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

އެކުއެޓިކް ވައިބްއަކީ އަމިއްލަ ރާގުގެ ދިވެހި ލަވަ ހެދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ބޭންޑެކެވެ. އެ ބޭންޑްއިން އެންމެ ފުރަތަމަ ނެރުނު އަލްބަމް "ކުލަތައް"ވެސް ވަނީ އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ. އެ އަލްބަމްގެ ޅަވަތަކަކީ ލީޑް ވޯކަލިސްޓް ޝަމްއޫންގެ ޅެންތަކަކަށް ހަދާފައިވާ ލަވަތެކެވެ. އެ ބޭންޑްގައި ދެން މަސައްކަތްކުރަނީ މަބީ (ލީޑް ގިޓަރިސްޓް)، ހުސައިން (ކީބޯރޑް)، އަމީން (ބޭސް) އަދި ޝިނާން (ޑްރަމްސް)އެވެ. 

ކޮވިޑް-19ގެ ސަބަބުން ރެސްޓޯރެންޓްތައް ބަންދުކުރުމާއި ހަމައަށް، އެކިފަހަރު މަތިން ނޮވެލްގައި ދިވެހި ފަންނާނުންގެ ހާއްސަ ލައިވް މިއުޒިކް ގެނެސްދީފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި މަޝްހޫރު ގިނަ ލަވަކިޔުންތެރިންނާއި، އެ ދާއިރާއިން އަރަމުން އަންނަ ފަންނާނުންވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.