އެފްރިކާގެ ދޫނިބަލާ މީހުންނަށް އެންމެ ކަމުދާ 5 ދޫނީގެ ތެރޭގައި ހިމެނޭ
ޝޫބިލް އަކީ ދުނިޔޭގެ އެންމެ ބިރުވެރި ދޫންޏެވެ. އެފްރިކާ އާއި، ސޫދާނާއި، ޒަމްބިއާއިން ފެންނަ މި ދޫނި ކައި އުޅެނީ ކުޑަ ކިނބުލާއި އެންޓެލޯޕް ކަހަލަ
އެއްޗެއްސެވެ. 

ޝޫބިލް އަކީ އާއްމު ގޮތެއްގައި އެހާ ގިނަ ހަރަކާތެއްނުކޮށް ވަރަށް
މަޑުމައިތިރިކޮށް ހުންނަ ދޫންޏެކެވެ. އާންމުކޮށް ޝޫބިލް ފެނިގެންދަނީ އޮކްސިޖަންގެ
މިންވަރު ދަށް ފެންގަނޑުތައް ކައިރިންނެވެ. ސަބަބަކީ އޮކްސިޖަންގެ ބޭނުމުގައި މަސް
ފެންމައްޗައް އަންނަ ވަގުތު އޭތި ޖަހައިގަތުމަށް ޝޫބިލްއަށް ފަސޭހަ ވެގެންދާތީއެވެ. 

ޝޫބިލް އާންމުކޮށް ކާތަކެތީގެ ތެރޭގައި ލަންގްފިޝް، ކެޓްފިޝް، ވެން، ނައިލް މޮނިޓަރ ލިޒަރޑްސް އަދި ކުދި ކިނބޫ ހިމެނެއެވެ. އަރަބިން މި
ދޫންޏަށް ކިޔާ އުޅެނީ "އަބޫ މަރްޙަބް" ގެ ނަމުންނެވެ. އޭގެ މާނައަކީ
"ފައިވާނުގެ ބައްޕަގެ" އެވެ. ގަދީމީ މިސްރު މީހުންގެ ފަންނީ
މަސައްކަތުންވެސް މި ދޫނި ފެނިފައިއެވެ.

ހިތާމައަކީ މިހާރު މި ދޫނީގެ ވެށި ހަލާކުވެގެން ދިޔުމުގެ ސަބަބުން ދުނިޔޭގެ ޝޫބިލްގެ އަދަދު ދަށަށްދާން ފެށުމެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ވެއްޓާއި އެ ވެށީގެ އުޅޭ ދިރުންތައް އަންނަން އޮތް ޖީލުތަކަށްޓަކައި ހިމާޔަތް ކުރުމަކީ ކޮންމެ ފަރުދެއް އަދި ދައުލަތެއްގެ ވެސް ވަރަށް ބޮޑު ޒިންމާއެވެ. އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ދުނިޔެއިން އެއްކޮށް ނެތިގެން ދިޔުމަކީ ގުދުރަތީ ނިޒާމަށް އޭގެ ބުރޫ އަރާނެ ކަމެކެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.