އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މަންމަ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭގެ މަންމަ، މަރްޔަމް އަހްމަދު (ބަނަފްސާގެ / ލ. ފޮނަދޫ)، ނިޔާވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. މިކަން އިދިކޮޅު ކޯލިޝަނުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަދުރޭގެ މަންމަ ނިޔާވުމާއި ގުޅިގެން ޕީޕީއެމް ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އަދުރޭގެ މަންމަ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއެކުކަމަށެވެ. އަދި އާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަނުގެ އެންމެހާ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.
މަރްޔަމް އަހްމަދަކީ އަދުރޭގެ މަންމަގެ އިތުރުން، ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ފައިސަލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަބްދުލްހަސީބު އިބްރާހިމްގެ މާމާއެވެ.