ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އެމަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މިހެން ވިދާޅުވެފައެވެ. 

އެގޮތުން މިފަދަ މަސައްކަތެއް ކުރުމަށް މަޖިލީހުން ތައްޔާރުވަމުން އަންނައިރު ކޮވިޑް 19ގެ ސަބަބުން ސަންސެޓް ގާނޫނެއް ފާސްކޮށް ފަސްކުރި ލޯކަލް ކައުންސިލްގެ އިންތިހާބު އެ ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން މިހެން ބުނީ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އެއް މަހަށް އިތުރު ކުރުމާއި ގުޅިގެން ގާނޫނުގައި ބަޔާންކުރާ މުއްދަތު ދެވެން ނެތުމުން އިންތިހާބު ފަސްކުރިކަން ހާމަކުރަމުންނެވެ. އެ ހާލަތުން އަރައިގަނެވޭނެ ސީދާ ތާރީޚެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ބުނެދެވިފައެއް ނުވެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ނައިފަަރު ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވަނީ ލޯކަލް ކައުންސިލު އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނާއި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތަކުގެ ހިންގުން ކަށަވަރުކުރުމުގެ ޤާނޫނު އުވާލުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. 

ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވީހާވެސް އަވަހަކަށް ގާނޫނުތައް ބަދަލުކޮށްގެން ނަމަވެސް އިންތިހާބު ބޭއްވުމަށް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.