މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ދެންމެ އިއުލާންކޮށްފައިވާ ގޮތުގައި، ޔެލޯ އެލާރޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މިރޭ 20:30 އިން ފެށިގެން 23:30 އަށް ނެރެފައިވާ ޔެލޯ އެލާރޓް އަކީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭތީ ނެރެފައިވާ އެލާރޓްއެކެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ގަޑިތަކުގައި، ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.