އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް އީރާނުން އިންޓަޕޯލްގައި އެދިއްޖެއެވެ. 

މިއީ ޓްރަމްޕް ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް އީރާނުން އެދުނު ދެވަނަ ފަހަރެވެ. އެގޮތުން އެމަނިކުފާނު ހިމެނޭހެން އެމެރިކާއަށް ނިސްބަތްވާ 48 މީހަކާ ދެކޮޅަށް ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލްގައި އީރާނުން ވަނީ އެދިފައެވެ. އެއީ މިދިޔަ އަހަރު އަވަހާރަކޮށްލެވުނު އެގައުމުގެ އިސް ޖެނެރަލެއް ކަމަށްވާ ޢަސެމް ސޮލެމާނީގެ މަރާއި ގުޅިގެން ކަމަށް އެގައުމުގެ ޖުޑީޝިއަރީގެ ސްޕޯކްސްޕާސަން ގޯލަމް ހުސައިން އެސްމައިލީ ވަނީ ވިދާޅުވެފައެވެ. 

އެގޮތުން ސޮލެމާނީ އަވަހާރަކޮށްލުމަށް އަމަލީ ގޮތުން ހަރަކާތްތެރިވި ފަރާތްތަކާއި އަދި އެކަން ކުރުމަށް އަމުރު ނެރުނު ފަރާތްތަކަށް އަދަބު ދިނުމަށް މެދުކެނޑުމެއްނެތި އެގައުމުން މަސައްކަތްކުރަމުން އަންނަ ކަމަށް އެސްމައިލީ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ސޮލެމާނީ އަވަހާރަކޮށްލެވުނީ ޓްރަމްޕަގެ އަމުރަށް ދިން ޑްރޯން ހަމަލާއެއްގައެވެ. ސޮލެމާނީއަކީ އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ފޮރިން އޮޕަރޭޝަންސް އާމްގެ އިސްވެރިޔާއެވެ. 

ސޮލެމާނީ އަވަހާރަކޮށްލާފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށް އދ. ގެ ސްޕެޝަލް ރެޕެޓުއަރ އޮން އެކްސްޓްރާ ޖުޑީޝިއަލް، ސަމަރީ އޮރ އާބިޓްރަރީ އެގްޒެކިއުޝަންސް ވަނީ ވިދާޅުވެފައެވެ. އީރާނުން ރެޑް ނޯޓިސް ނެރެދިނުމަށް އެދުނު ފަރާތްތަކުގެ ތެރޭގައި ޕެންޓަގަން އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސްވެރިން ހިމެނެއެވެ. އީރާނުން ވަނީ ގަސްތުގައި މީހަކު މަރާލުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ޓްރަމްޕް ހައްޔަރުކުރުމަށް ވެސް ކޯޓު އަމުރެއް ވެސް ނެރެފައެވެ. 

ޖެނުއަރީ 20 ވަނަ ދުވަހު ރައީސްގެ މަގާމުން ޓްރަމްޕް ވަކިވެވަޑައިގަންނަވާއިރު އެޔަށްފަހު އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެ ކަމަށް އީރާނުން އުއްމީދުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.