ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން ހާމަކޮށްފިއެވެ. 

ގުރައިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިމުގެ ދަތިކަން ކަމަށްވާއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގުރައިދޫގެ ބިން ހިއްކަން ވައުދުވެވަޑައިގެންފައެވެ. މި ވައުދާއި އެއްގޮތަށް އެމްޓީސީސީއިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 85.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތްތަކުގެ 61 އިންސައްތަ މިހާރު ނިމިފައިވާއިރު އެމްޓީސީސީއިން ވަނީ މިއަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހަށް މަސައްކަތް ނިންމާލުމަށް އަމާޒުކޮށްފައިވާކަމަށް ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުގެ ދަށުން 644،000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް ބިން ހިއްކައި 1،200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.