އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެން ބޭފުޅުންނަށް ކުރިމަތިނުލެވޭގޮތަށް އޮތްއޮތުން ބަދަލުކުރުމަށް ޕާޓީގެ އަސާސީ ގަވައިދަށް، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްލާހެއް ހުށަހަޅުއްވައިފި އެވެ. 

އަދާލަތު ޕަޓީގެ ރައީސްކަމަށް އަންހެން ބޭފުޅުންނަށް ކުރިމަތިނުލެވޭގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެ މައްސަލާގައި ހޯމް މިނިސްޓަރުކަންވެސް ކުރައްވާ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނީގޮތުން ލާޒިމްކުރާކަމަށް ނުވިޔަސް، ޕާޓީ އުފެދުނުއިރު ޕާޓީގެ މެމްބަރުން ބޭނުންވީ އެގޮތްކަމަށް އޭރުގެ ލީޑަރޝިޕަށް ފެނިވަޑައިގަތުމުންކަމަށެވެ. އަދި މިވަގުތު ޕާޓީ ކުރިއަށްގޮސްފައިވާ މިންވަރަށް ބަލާ ޕާޓީ އިތުރަށް ހުޅުވާލާ ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރުމަށް އިސްލާހަށް ހުށަހަޅާފައިވާކަމަށެވެ. 

އިމްރާން ވިދާޅުވީ އިސްވެހުރެ އިސްލާހެއް ހުށަހެޅީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ އިލްމްވެރިންނާއިވެސް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. 

އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިިމަހު 23 އަށް ވަނީ ތާވަލްކޮށްފަ އެވެ. މިއީ އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސަކު އިންތިހާބު ކުރާނެ ތިން ވަނަ ދައުރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.