ހުޅުމާލޭގައި މެރިން ޝޯރޫމްއެއް ހުޅުވުމަށް ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ޖަލްބޫޓް މެރިން ސަރވިސަސް އާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހްމަދުއެވެ. ޖަލްބޫޓް މެރިން ސަރވިސަސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރޮއެސްޓާލީއެވެ.
ހުޅުމާލޭ މެރިން ވިއު ބިލްޑިންގެ ގްރައުންޑް ފޮލޯރގައި އެޅުމަށް ހަމަޖެހިފައިވާ މެރިން ޝޯރޫމްއަކީ މެރިން އިކުއިޕްމެންޓާއި މެރިން ޑްރައިވްލައިން ވިއްކުމަށް ހާއްސަ ކުރެވޭ ޝޯ ރޫމްއެކެވެ. އެޗްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ 10 އަހަރުގެ މުއްދަތަކަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ޖަލްބޫޓް މޯލްޑިވްސް މެރިން ސަރވިސަސް އަކީ ޔޫއޭއީގެ ޖަލްބޫޓް ހޮލްޑިންގްސް ގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ވޯޓަރ ޓްރާންސްޕޯޓް، ކަސްޓަމް ބޯޓް އަދި ވޯޓަރ ސްޕޯޓްސް އަށް ބޭނުންވާ އެހެން އިކުއިޕްމެންޓްސްވެސް ފޯރުކޮށްދެމުންނެވެ.