"މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސެސްމަންޓް ސްޓަޑީ"ގެ ތެރެއިން ފޯނު މެދުވެރިކޮށް ކުރިއަށް ގެންދާ ސަރވޭ މިހާރު ފެށިގެން ކުރިއަށް ދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރަސްޓްރަކްޗަރ އިން ބުނެފިއެވެ.

މިއީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަމާއިގުޅޭ މައުލޫމާތު ދެނެގަތުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ. ކޮވިޑް-19ގެ ސަބަބުން ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސަރވޭ އަންނަ ފެބްރުއަރީ މަހުގެ ތިނަކާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސަރވޭގައި ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، މިހާރު ދިރިއުޅުމުގެ ހާލަތާއި، ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި، އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި، ގޯތިގެދޮރު ހޯދުމުގައި ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. 

މި ސަރވޭގެ ނަތީޖާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން އެކަށައަޅާ ބޯހިޔާވަހިކަމާއި ގުޅޭ ސިޔާސަތުތަށް އެކުލަވާލުމުގައެވެ. މިއީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯންއެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރވޭއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.