ހޯމަ ދުވަހުގެރޭ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެ ދެ ލޯންޗުގައި ތިބި މީހުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނައިރު އެކަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ. 

އެމްއެންޑީއެފުުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 01:00 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބި އެވެ. މީގެތެރެއިން 2 މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކްސިޑެންޓްވި އަނެއް ލޯންޗުގައި 2 މީހުން ތިބި އެވެ. އޭގެތެރެއިން އެ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

އައިޖީއެމްއެޗުން ބުނީ އޭގެތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށާއި، 2 މީހަކަށް އެމަޖެންސީގައި ފަރުވާދެމުން އަންނަކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.