ޔުނިސެފްގެ ހިސާބުތަކާއި ހަވާލަދީ އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ އޭގެތެރެއިން އެންމެ ގިނަ ކުދިން އުފަންވެފައިވަނީ އެ ޤައުމުގައިކަމަށް ތަފާސް ހިސާބުން ދައްކާކަމަށެވެ. އެގޮތުން އެ ޤައުމުގައި އެ ދުވަހު އެކަނިވެސް 59،995 އެއްހާ ކުދިން އުފަންވެފައިވާކަމަށް ބުނެފައިވެއެވެ.
އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވި ޤައުމުތަށް:
1- އިންޑިއާ - 59,995 ކުދިން
2- ޗައިނާ - 35,615 ކުދިން
3- ނައިޖީރިއާ - 21,439 ކުދިން
4- ޕާކިސްތާން - 14,161 ކުދިން
5- އިންޑޮނޭޝިއާ - 12,336 ކުދިން
6- އިތިއޯޕިއާ - 12,006 ކުދިން
7- އެމެރިކާ - 10,312 ކުދިން
8- މިސްރު - 9,455 ކުދިން
9- ބަންގްލަދޭޝް - 9,236 ކުދިން
10- ކޮންގޯ - 8,640 ކުދިން
ޔުނިސެފުން އަންދާޒާކުރާގޮތުގައި އަހަރުގެ ތެރޭގައި 140 މިލިއަން ކުދިން އުފަންވާނެ އެވެ. އަދި އެ ކުދިންގެ އެވްރެޖް އުމުރުކަމަށް ލަފާކޮށްފައިވަނީ 84 އަހަރު އެވެ.
2021 ވަނަ އަހަރު ޔުނިސެފުން އެ ޖަމިއްޔާއަށް 75 އަހަރު ފުރުން ފާހަގަކުރާނެ އެވެ. ޔުނިސެފަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދީ، ކޮންމެ ކުއްޖަކަށް ހަމަހަމަ ވަސީލަތްތަކާއި ރަނގަޅު ސިއްހަތެއް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އދ.ގެ މައި ޖަމިއްޔާ އެވެ. ޔުނިސެފްގެ އެހީގައި ރާއްޖޭގައިވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ.