ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް އާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައްދަލުކޮށްފި އެވެ.

މި ބައްދަލުކުރެއްވުމުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ ޣައްސާން މައުމޫނާއި އަހްމަދު ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ސައީދު އަދި މުހައްމަދު ހުސެއިން ޝަރީފު (މުންދު) ބައިވެރިވެވަޑައިގެންފައިވެއެވެ. 

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާ މުންދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ހުންނެވުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި، ކޮވިޑް-19 ގެ ހާލަތާއި ގުޅެގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ކޮވިޑް-19 އާއިއެކު އިޤްތިސާދަށް ކުރިމަތިވެފައިވާ ހާލަތާއިި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމުގެ އިތުރުންވެސް މުހިންމު ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް ހުންނަވަނީ ކޮޅުބުގަ އެވެ. އެކަމަނާގެ މި ދަތުރަކީ އާންމު އުސުލުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއްކަމަށާއި، ރާއްޖޭގައި ޤާއިމްވެ ނުތިއްބަވާ ސަފީރު އަބަދުވެސް ރާއްޖެއަށް ވަޑައިގެން ހާލަތު ބައްދަލަވަމުންގެންގެންދަވާކަމަށް ފޮރިންގ މިނިސްޓްރީން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.