ލޯކްލަ ކައުންސިލް އިންތިހާބު ފަސްކުރުމަށްފަހު މިހާރު ހިންގަމުން މި އަންނަނީ ހުދުމުހުތާރު ވެރިކަމެއްކަމެއްގެ ގޮތުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ސިފަކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން ޔަގީންވެ، އެކަމުގެ ކަންބޮޑުވުންތައް ސިޔާސީ ފަރާތްތަކުން ފާޅުކުރަމުންގެންދަނިކޮށް އްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ޤާނޫނަށް ބަދަލުގެންނަންޖެހޭނަމަ، ޤާނޫނު ބަދަލުކޮށްގެން ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުން މުހިންމުކަމަށެވެ. 

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވައި، ޕީއެންސީގެ ނައިބް ރައީސް އަދި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަންފީޒްކުރައްވަން މިހާރު ތިއްބެވި ކައުންސިލަރުންނަކީ ބާރުތައް ހަނިކުރެވިފައިވާ ވަގުތީ ބައެއް ކަމަށެވެ. އަދި ސަރުކާރުން ނުރުހިއްޖެނަމަ ވަކިކުރެވޭގޮތަށް ތިބި ބައެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ހުދުމުތާރު އުސޫލުތަކަށް ވެރިކަންކުރެއްވި އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންނަކކީ މޮހޮނަށް އޮޑި ދިންގޮތަށް ތިބި ބައެއް ކަމަށެވެ. އަދި އިންތިހާބު ލަސްކޮށްފަ، ހިންގަމުން އަންނަނީ ހުދުމުހުތާރު ވެރިކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

އާދަމް ޝަރީފް ކުރެއްވި އިތުރު ޓުވީޓެއްގައި އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން ރާވައިގެންކަމަށެވެ. އަދި އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި، ހާމަވާނެކަމަށް އޭނާ ވިދާޅުވި އެވެ. އާދަމް ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރިޔަސް ރައްޔިތުންގެ މިހާރުގެ ފިކުރެއް ބަދަލެއް ނުވާނެކަމަށާއި، ރައްޔިތުން ތިބީ މާޔޫސްވެފައިކަމަށެވެ. 

އާދަމް ޝަރީފް ތާއީދުކުރައްވާ އަބްދުﷲ ޔާމީނަކީ، ލާމަރުކަޒީ އުސޫލުން ވެރިކަން ނުކުރެއްވޭނެކަމަށް ފާޅުގައި ވިދާޅުވި ބޭފުޅެކެވެ. އަދި ލާމަރުކަޒީ ނިޒާމް ފުނޑުފުނޑުކޮށްލީވެސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައެވެ. އެގޮތުން ކައުންސިލްތަކުގެ ހުރިހާ ބާރެއް އަތުލައި، ކައުންސިލްތަކަކީ އެއްވެސް މަސައްކަތެއް ނެތް ބަޔަކަށް ހެއްދެވިއިރު، ޤާނޫނު ލާޒިމްކުރި ބާރުތައް ހަނިކޮށް، ކައުންސިލްތަކަށް ލިބިގެންވާ ބާރުތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫިރއްޔާކަމަށް އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ފާސްކުރައްވާފައިވެއެވެ. އަދި އިދިކޮޅަށް ތާއީދުކުރާ ކައުންސިލްތަކުގެ ކައުންސިލް މެމްބަރުން ސަސްޕެންޑްކޮށް، މަސްއުލިއްޔަތުތަކުން އެކަހެރިކުރީވެސް އެ ހުދުމުހުތާރު ވެރިކަމުގަ އެވެ. 

މިދިޔަ އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އެއާއި އެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގުކޮށްފައެވެ. އަދި ކައުންސިލް އިންތިހާބު ބޭއްވުމަށް ހާއްސަ ޤާނޫނެއްވެސް ވުޖޫދުކުރި އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުންނަމަ އީސީއަށް ކައުންސިލް އިންތިހާބު އިއުލާން ކުރެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ސަރުކާރުން އިއުލާން ކުރުމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން އަންނަ މާޗު މަހު ބޭއްވުމަށް މަސައްކަތްކުރި އިންތިހާބު ނުބޭއްވޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާސް ލިސްޓު އިއުލާންކޮށް، ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ބޭނުންވާނެ ވަގުތު ނޯނާނެތީީ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.